25 ނޮވެމްބަރު 2024

Advertisement

ބުޅާ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރު ކުރިކަން އަދި ޔަގީނެއް ނޫން: ސިއްހީ ވަޒީރު

23 އޯގަސްޓު 2024

ބުޅާ މަސް ބޭނުން ކޮށްގެން ކާތަކެތި ތައްޔާރު ކޮށްފައިވާކަން އަދި ކަށަވަރުވެފައި ނުވާކަމަށް ސިއްހީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އިންޓަވަލް އަށް ހަދާ ތަކެތި ބުޅާ މަސް އަޅައިގެން ހަދާފައި ހުރި ކަމުގެ ރިޕޯޓެއް އެ ވުޒާރާއަށް އައިސްފައި ނުވާ ކަމަށާއި އެކަން އަދި ކަށަވަރު ވެފައި ނުވާ ކަމަށެވެ.

"އެކަމަކު އެ ތަހުގީގުތައް ކުރަމުން އެބަދޭ، ވަރަށް ކައިރިން އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަ ގެންދަން މިކަމާއި ގުޅުން ހުރި އިދާރާތަކުގެ އަލީގައި، އަޅުގަނޑުމެންނަށް އެނގޭނެ ކިހާ ފުން މިނަކަށް ގޮސްފައި އޮތް ކަމެއްކަން އެނގޭނެ،". ވަޒީރު ވިދާޅުވި އެވެ.

Advertisement

ވަޒީރު އިތުރަށް ވިދާޅުވީ މިމައްސަލަ ތަހުގީގު ކުރެއްވުމަށްފަހު އެމައުލޫމާތު އާއްމުންނާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

"އެ މައްސަލަ ކްރިމިނަލް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުން މި ދަނީ، އެތަނުގައި އުފައްދާފައި ހުރި ކާބޯތަކެތި ދެން މިހާރު މާކެޓްގައި ނުހުންނާނެ، ދެން އަޅުގަނޑުމެންނާއި ހިސާބަށް އަންނަ ހިސާބުން ފެށިގެން އެމްއެފްޑީއޭއިން ސާމްޕަލްސް ނަގާ އެބަ ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސާ،" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޝަކުވާ ލިބުނު 17 ތަނެއް މިހާތަނަށް ބަލާ ފާސްކޮށްފައިވާނެ ކަމަށާއި އިމިގްރޭޝަނުން އެތަންތަން ބަލާ ފާސް ކުރުމަށްފަހު ވިޔަފާރި ކުރިއަށް ނުގެންދެވޭ ގޮތަށް ބަންދުކޮށްފައިވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

Advertisement

ކޮމެންޓް