ޕޭޕަލްގެ އެކްސެސް ރާއްޖެއަށް ހޯދުމަށް މަޝްވަރާ ކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމަށް ބޭނުންކުރާ އެމެރިކާގެ ޕޭމަންޓް ސިސްޓަމް އަކީ ދުނިޔޭގެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޕްލެޓްފޯމް އެކެވެ.،
ދިވެހި ސަރުކާރުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މި ޕްލެޓްފޯމަށް އެކްސެސް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.
މިމަސައްކަތުގެ ތެރެއިން ވަޒީރުންގެ މަޖިލީހުން ވަނީ ޤާނޫނު އަސާސިން ރައީސް އަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދުމަށް ވެސް މަޝްވަރާ ކުރައްވާފަ އެވެ.
އެގޮތުން އެމެރިކާގެ ސަރުކާރުން މަޝްވަރާ ކުރައްވައިގެން ޕޭޕަލްއަށް އެކްސެސް ހޯދުމާއި މިކަމާއި ގުޅޭ އެހެނިހެން ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން ޕޭޕަލް ފަދަ އެހެން ޕްލެޓްފޯމްތަކަށް އެކްސެސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މިކަމާއި ގުޅޭ ގޮތުން އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ރޭ ވިދާޅުވީ، ރާއްޖޭގެ އީ-ކޮމާސް މެދުވެރިކޮށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެހީތެރިވުމުގެ ގޮތުން ޕޭޕަލްގެ ޕްރެޒިޑެންޓް ފޮރ ގްލޯބަލް މާކެޓިންއާ އެކު މުހިންމު މަޝްވަރާއެއް ކުރެވުނު ކަމަށެވެ.
އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ޕޭޕަލްގެ ޕްރެޒިޑެންޓް ފޮރ ގްލޯބަލް މާކެޓިންއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.
"ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅުގައި ވާގޮތަށް މިމަގްސަދު ހާސިލުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެން،". ވަޒީރު ވިދާޅުވިއެވެ.