22 ނޮވެމްބަރު 2024

Advertisement

އަންނަ މަހު އާސަހަރާގެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ: އާޒިމް

25 އޯގަސްޓު 2024

އަންނަ މަހު އާސަހަރާގެ މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ 3،200 އަކަފޫޓަށް ބޮޑުކޮށް އާސަހަރާގެ މަސައްކަތް ނިމޭއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވުޟޫ ކުރާ ބަޔަކާއެކު ހާއްސަ ފާހާނާއަކާއި، އަންހެން ބޭފުޅުންނަށް ވުޟޫ ކުރާ ބަޔަކާއެކު ހާއްސަ ފާހާނާއެއް ހުންނާނެ ކަމަށެވެ.

މީގެއިތުރުން އާސަހާރާގެ މަސައްކަތް ނިމޭއިރު، ޖަނާޒާތަކަށް އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ހާއްސަ ސަރަހައްދެއް ވެސް ތަރައްގީ ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

Advertisement

ހުސްވި އަހަރުގެ މެއި މަހުން ފެށިގެން އާސަހަރާ ބަންދުކޮށްފައި ހުރި އިރު، މިހާތަނަށް އާސަހަރާ މިސްކިތް މަރާމާތުކޮށް މަސައްކަތް ނިންމުމަށް ތުން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް