ފުޅާދާއިރާއެއްގައި ހަށިވިއްކާ ނެޓްވޯކެއް އަތުލައިގަނެފި
ފުޅާދާއިރާއެއްގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ނެޓްވޯކެއް އަތުލައިގަނެފި އެވެ.
މިމަހުގެ 11 ވަނަ ދުވަހު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި އެމީހުން އަތުލައިގަނެފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެ އެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިނެޓްވޯކުގައި ހިމެނޭ ހަށިވިއްކުމުގައި ހަރަކާތްތެރިވި ތިން އަންހެނުންނާއި އެ މީހުންގެ އޭޖެންޓުގެ ގޮތުގައި އުޅުނު ބިދޭސީ ފިރިހެންމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް މިހާރު ވަނީ ޑީޕޯޓް ކޮށްލެވިފަ އެވެ.
މިދިޔަ ހަފްތާގައި އަދި މިހަފްތާގެ ތެރޭގައި މިއެންމެން އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައިވާ ކަމަށާއި އެންމެ ފަހުން ޑީޕޯޓް ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެމީހުންގެ އެޖެންޓު ބިދޭސީ މީހާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.