ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަނލުން ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ރައީސާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ރޭގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.
ރައީސް ޑރ. މުޢިއްޒު އާއި އަނބިކަނބަލުން ސިންގަޕޫރްއަށް ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ރޭ ވެރިކަންކުރާ ޕީއެންސީގެ ހަރުގޭގައި ބާއްވާފައިވާ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕެއް ހެއްދެވުމަށް ސިންގަޕޫރަށް ވަޑައިގަންނަވާ ކަމަށް އެރޭގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.