12 އޭޕްރީލު 2025

Advertisement

ފުލުހަކު އަންހެނަކަށް މަރުގެ އިންޒާރުދީ އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަނީ

05 ސެޕްޓެމްބަރު 2024

ފުލުހަކު އަންހެނަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެނގިފައިވާގޮތުގައި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.

ފުލުހަކު އަންހެނަކަށް ބިރުދައްކާ މަރުގެ އިންޒާރުދޭ ކޯލް ރިކޯޑިންއެއް މީސް މީޑިއާގައިވެސް ދައުރުވަމުން އެބަދެ އެވެ. ރެކޯޑިންގެ އިތުރުން އެ އަންހެން މީހާއަށްކޮށްފައިވާ މެސެޖްތަކުގެ ކްރީންޝޮޓް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

Advertisement

މި މައްސަލައާ ގުޅިގެން އެ އަންހެން މީހާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެ ފުލުސް މީހާ އޭނާއަށް ހަމަލާވެސް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކިވެސް އެބަހުރި ކަމަށް ބުނެ، އޭނާ ވަނީ މައްސަލަ ބަލައިދިނުމަށް އެދި ގޮވާލައިފަ އެވެ.

Advertisement

ކޮމެންޓް