މިއަދު އިތުރު އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ފަރުވާދެނީ
ހުޅުމާލެ ހައިވޭ ކައިރިން ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހުޅުމާލެ ހައިވޭ ކައިރީން ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓްގައި އަންހެނަކާއި ފިިރިހެނަކަށް އަނިޔާވެފައިވާއިރު އެ މީހުންނަށް ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ހުޅުމާލޭގައި ރޭ ވެސް އެކްސިޑެންޓެެއް ހިނގި އިރު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ.