23 ނޮވެމްބަރު 2024

Advertisement

ރޭސް ކާރު އެކްސިޑެންޓް: ތިން މީހަކަށް ދައުވާ ކުރަނީ

14 ސެޕްޓެމްބަރު 2024

ޖުލައި މަހުގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑްގައި ދުއްވި ރޭސް ކާރެއް އެކްސިޑެންޓްވި މައްސަލައިގައި ހިމެނޭ ތިން މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާންއާއި، މ.ލޭންޑް އޮފް ގާރޑްން އިބްރާހިމް އިކްރާމްގެ އިތުރުން ގއ.ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާޢިލް އަށެވެ.

ފުލުހުން ބުނީ މި ތިން މީހުންނަށް ދައުވާކުރަން ފޮނުވި މައްސަލަ ޕީޖީ އޮފީހުން މިއަދު ބަލައިގެންފައިވާ ކަމަށެވެ.

Advertisement

ވިނަރެސް ފުލެޓުތައް ކައިރީގައި އެ އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި ސައިކަލެއްގެ މަތީގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި ކާރުން ޖެހި އަނިޔާވި މީހާ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

Advertisement

ކޮމެންޓް