23 ނޮވެމްބަރު 2024

Advertisement

ސައިބަރ ކްރައިމްއިން ރައްކާތެރިކުރުވުމަށް ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތު ދީފި

17 ސެޕްޓެމްބަރު 2024

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11ގެ ދަރިވަރުން ސައިބަރ ކްރައިމްއިން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ސެޕްޓެންބަރު 14 ވަނަ ދުވަހު މީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ސައިބަރ ކްރައިމްގެ ކުށްތަކާއި އެފަދަ ކުށްތަކަށް ދަރިވަރުން ހުށަހެޅޭ ގޮތާއި އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، ގައުމިއްޔަތުގެ މުހިންމުކަމާއި ޓްރެފިކް ކުށްތަކާ އަދި ގާނޫނުތަކާއި ގަވާއިދުތަކުގެ މުހިންމުކަމާއި އެކަންކަމަށް އަހުލުވެރިވެ ތިބުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

Advertisement

32 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ސެޝަނުގެ ތެރެއިން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުވުމަށް މައުލުމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުންދަނީ ހިންގަމުންނެވެ.

Advertisement

ކޮމެންޓް