22 ނޮވެމްބަރު 2024

Advertisement

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

25 ސެޕްޓެމްބަރު 2024

މަކަރާއި ހީލަޔް ހެދުމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ ސ.ހުޅުދޫ ބްލޫބެލް، އަހުމަދު ފިރާގު، 49، އެވެ.

އޭނަ ހޯދަން އިއުލާންކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

Advertisement

އެހެންވެ ފިރާގްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

Advertisement

ކޮމެންޓް