22 ނޮވެމްބަރު 2024

Advertisement

'ޕިންކް ރިބަން ރަން-ވޯކް' އަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފި

12 އޮކްޓޯބަރު 2024

ބޭންކް އޮފް މޯލްޑިވްސް އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ 'ޕިންކް ރިބަން ރަން ވޯކް'  އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުރުން 11 ރަށެއްގައި މި އިވެންޓް ވަނީ 2400 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީކޮށްގެން ކުރިއަށްގެންގޮސްފައެވެ.  

މި އިވެންޓް ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށެވެ.

Advertisement

ބޭންކުން ވަނީ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެންސަރ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 200,000 ރުފިޔާ ސީއެސްއެމް އަށް ހަދިޔާކޮށްފައެވެ. 

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަށާއި 'ޕިންކް ރިބަން ރަން ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

ކޮމެންޓް