21 ނޮވެމްބަރު 2024

Advertisement

މަސްތުވާތަކެއްޗާ އެކު މަޑިފުށިން މީހަކު ހައްޔަރުކޮށްފި

17 ނޮވެމްބަރު 2024

ތ. މަޑިފުށިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ14 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ރަށު މަޑިފުށި ބަނދަރު ސަރަހައްދުން ހައްޔަރުކޮށްފައި ވަނީ މަޑިފުށީ، އެދުރުގޭ ހާޝިމް ޢަބްދުﷲ، 28، ކަމަށެވެ.

އޭނަ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހާޝިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަޑިފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.

Advertisement

މި މައްސަލަ މަޑިފުށި ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް