އިޓަލީގެ މީޑިއާތަކުން ބުނާ ގޮތުގައި އުތުރުގެ ވެނިސް ސިޓީގެ އުސް މަގެއްގެ މަތިން ބަހެއް ވެއްޓި 21 މީހުން މަރުވެއްޖެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓް ކަމަށާއި މަރުވި މީހުންގެ ތެރޭގައި ދެކުދިން ވެސް ހިމެނޭ ކަމަށެވެ.
ލޯކަލް އޮތޯރިޓީތަކުން ބުނާ ގޮތުގައި ބަހުގައި ގާތްގަނޑަކަށް 40 މީހުން ތިބެދާނެ އެވެ. އެމީހުން އިތުރަށް ބުނީ ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
ވެނިސްގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާގައި މަރުވި މީހުންގެ ގައުމިއްޔަތާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.