09 މާރިޗު 2025

Advertisement

ބުރިޖުން ވެއްޓުނު މީހަކު ސަލާމަތްކޮށްފި

ހުޅުމާލެ، ހިތިގަސް މަގު ބުރިޖު މަތިން ވެއްޓުނު މީހަކު، ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލެ ހިތިގަސް މަގު ބްރިޖުން މީހަކު ވެއްޓިފައިވާ ކަމުގައި މައުލޫމާތު ރޭ ފަތިހު 5:42 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށް އެޑެންޓްވެ އެ މީހާ ނެގުމަށް ފަހު 6:13 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement

އަދި މިހާރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އެ ހާދިސާ ހިނގައިދިޔަ ގޮތެއް ފުލުހުން ހިއްސައެއް ނުކުރެއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ބްރިޖުން ވެއްޓުނުގެ ފިރިހެނަކު ފުލުހުން ސަލާމަތް ކުރާތަން ފެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ އޮތީ ހަބަރު ހުސްވެފައެވެ.

Advertisement

ކޮމެންޓް