ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޖަމާޢަތް—ޙަމާސްއިން ދިން ހަމަލާތަކަށް ރައްދުދީ އެމެރިކާގެ އިތުރު އަސްކަރީ އެހީ އިސްރާއީލަށް "ދިއުމުގެ މަގުމަތީގައި" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސް އިން ބުނާ ގޮތުގައި ލީޑަރުން ވާހަކަ ދެއްކީ އާދީއްތަ ދުވަހު ފޯނުންނެވެ. ބައިޑަން ނަތަންޔާހޫއަށް މައުލޫމާތު ދެއްވި ގޮތުގައި އިސްރާއީލުގެ ދިފާއީ ބާރުތަކަށް އިތުރު އެހީތެރިކަން "މިހާރު އިސްރާއީލަށް ދަތުރު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ" ކަމަށެވެ.
ބައިޑަން "އިސްރާއީލުގެ ސަރުކާރަށާއި ރައްޔިތުންނަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި" ކަމަށާއި "ޓެރަރިޒަމަށް އެއްވެސް ޖާގައެއް ނެތް ކަމަށާއި މިފަދަ އަނިޔާވެރި އަނިޔާވެރިކަމުގެ ކުރިމަތީގައި ހުރިހާ ގައުމުތަކެއް އެއްބައިވަންތަކަމާއެކު ތިބެން ޖެހޭ" ކަމަށް ބާރުއަޅުއްވާފައިވެ އެވެ.
އަދި ހަމާސްގެ ހަނގުރާމަވެރިން ރަހީނުކޮށްފައިވާ ޔަހޫދީންނާއި ގުޅޭ ގޮތުން ވެސް ލީޑަރުން ވަނީ މަޝްވަރާކޮށްފަ އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ ސަރުކާރުން "އިސްރާއީލުގެ ދިފާއީ ބާރުތަކަށް ބަޑި ހިމެނޭ ގޮތަށް އިތުރު ސާމާނާއި ވަސީލަތްތައް ހަލުވިކަމާއެކު ފޯރުކޮށްދޭނެ" ކަމަށެވެ.
އޭނާ ބުނީ ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ކެރިއާ ސްޓްރައިކް ގްރޫޕަށް އިރުމަތީ މެޑިޓެރޭނިއަން ކަނޑަށް ބަދަލުވުމަށް އަންގާފައިވާ ކަމަށެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ޒަމާނީ މަތިންދާބޯޓު އުފުލާ ބޯޓު މިހާރު ބަދަލުވާނީ އިސްރާއީލާ ކައިރި ކަނޑުގެ ސަރަހައްދަށެވެ.
އޮސްޓިން ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ ވައިގެ ސިފައިންގެ ފަޔަރ އެއާކްރާފްޓް ސްކޮޑްރަންތައް އިތުރުކުރުމަށް ވެސް ޕެންޓަގަންއިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލް އިން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ އަސްކަރީ ފިޔަވަޅުތަކަކީ މިސަރަހައްދުގައި އެމެރިކާއަށް އޮތް ޔަގީންކަން ނެތްކަމުގެ ފައިދާ އީރާނުން ނެގުން ހުއްޓުވުމަށް ކުރާ ފިޔަވަޅުތަކެއް ކަމަށެވެ.