07 އޭޕްރީލު 2025

Advertisement

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭންސީންތަކެއް އަތުލައިގަނެފި

07 އޭޕްރީލު 2025

ގަވާއިދާ ހިލާފަށް ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އައި އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ އެ މީހުން އަތުލައިގަތީ އިއްޔެ މާލޭގައި ކެފޭތަކާއި ހޮޓާ އަދި ޓޭކްއަވޭ ފަދަ ހަތަރު ތަނެއް ބަލައި ފާސްކޮށް ކަމަށެވެ. އެގޮތުން އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުން ދިޔަ ހަ މީހަކު އަތުލައިގެންފައިވެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލެ ސަރަހައްދުގައި މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ އިން ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވެ އެވެ. އަދި އޭގެ ތެރެއިން 6،000 އެއްހާ މީހުން މިހާތަނަށް ޑީޕޯޓް ވެސް ކޮށްފައިވެ އެވެ.

Advertisement

Advertisement

ކޮމެންޓް