ލޮނު ފެކްޓަރީއެއް ދިއްދޫގައި ހުޅުވައިފި
ލޮނު އުފައްދާ ފެކްޓަރީއެއް ހއ. ދިއްދޫގައި އެވެ.
މިއީ ލޮނު އުފައްދަން ރާއްޖޭގައި ހުޅުވި ފުރަތަމަ ފެކްޓަރީ އެވެ. އިއްޔެ ހުޅުވި ފެކްޓަރީ އަކީ ޖަޕާންގެ އަމިއްލަ ކުންފުންޏަކުން ގާއިމުކޮށް ހިންގާ ތަނެކެވެ. އެ ފެކްޓަރީ ހަދަން 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްފައިވެ އެވެ.
ދިއްދޫ ކައުންސިލުން ބުނީ ރަށުގައި ހުޅުވި ލޮނު އުފައްދާ ފެކްޓަރީގައި އިތުރު ވަޒީފާތަކެއް އުފެދި ކައުންސިލްގެ އާމްދަނީއަށް ވެސް މަހަކު ގާތްގަނޑަކަށް 12،000ރ. ލިބޭނެ ކަމަށެވެ.
ދިއްދޫގައި ހުޅުވި ފެކްޓަރީން އުފައްދާ ލޮނު ޖަޕާނަށް ވެސް އެކްސްޕޯޓްކުރަން ހަމަޖެހިފައިވާ އިރު ރާއްޖޭގެ ރިސޯޓުތަކަށް އެތަނުން ފެންވަރު ރަނގަޅު ލޮނު ސަޕްލައިކޮށް ދޭނެ އެވެ.
ފެކްޓަރީގައި ތިން ބާވަތެއްގެ ލޮނު އުފައްދާނެ އެވެ. ނިންމައިފައެވެ. އެއީ ކާން ބޭނުން ކުރާ ލޮނާއި، ބައެއް ޚާއްސަ ބާވަތްތަކުގެ އިތުރުން، ލޮނު މަސް ތައްޔާރު ކުރުމަށް ބޭނުންކުރާ ލޮނެވެ. ވެސް
ފެކްޓަރީން އުފައްދާ ލޮނަށް ދީފައިވާ ނަމަކީ 'ޓެންޕީ ސަން ސޯލްޓް' އެވެ.