18 އޭޕްރީލު 2025

Advertisement

ގައިދީންތަކެއްގެ އާއިލާތަކަށް މާލީ އެހީ ދީފި

09 އޭޕްރީލު 2025

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީ ހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދީފި އެވެ.

ކަރެކްޝަންސް އިން ބުނީ އެ އެހީތެރިކަން ފޯރުކޮށް ދިނީ މިދިޔަ ރޯދަ މަހާ ދިމާކޮށް ކަމަށެވެ. އެގޮތުން ކޮންމެ ޢާއިލާއަކަށް 2،220ރ. ގެ އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.

ހާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީ ގޮތުން ފުދުންތެރިކަން ދަތި އާއިލާތަކަށް ކަރެކްޝަންސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

Advertisement

ކަރެކްޝަންސް އިން ބުނީ 40 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދިން ނަމަވެސް ޕްރޮގްރާމްއަށް އެދި ފޯމް ހުށަހެޅީ 21 ފަރާތަކުން ކަމަށެބެ، ފަރާތުންނެވެ. އަދި އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަވީ 10 ޢާއިލާއެކެވެ. ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި ޢާމްދަނީ ލިބޭމިން ވަރު ހިމެނެ އެވެ.

Advertisement

ކޮމެންޓް