18 އޭޕްރީލު 2025

Advertisement

ފުރަތަމަ 2 މަސްދުވަހު އެކްސްޕޯޓްކުރި މަހުގެ އަދަދު މައްޗަށް!

09 އޭޕްރީލު 2025

މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 2 މަސްދުވަހާއި އަޅާބަލާއިރު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 2 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %35.1 އިތުރުވެފައެވެ.

Advertisement

މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 14،222 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 10،526 މެޓްރިކް ޓަނުގެ މަސްކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ހުރިހައި ބާވަތްތަކެއް އިތުރުވެފައިވީނަމަވެސް ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 750 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ 1306 މެޓްރިކް ޓަނުގައެވެ. އެހެންކަމުން މިއީ%42 ދަށްވުމެކެވެ.

Advertisement

ކޮމެންޓް