13 އޭޕްރީލު 2025

Advertisement

މަޖިލީހުގެ 88 މެމްބަރެއްގެ އަތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓް

10 އޭޕްރީލު 2025

ރައްޔިތުންގެ މަޖިލީހުގެ 88 މެންބަރަކު ޑިޕްލޮމެޓިކް ޕާސްޕޯޓު ނަންގަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

މިހާރު ހިނގަމުން އަންނަ 20 ވަނަ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 88 މެންބަރަކު ޑިޕްލޮމެޓިކް ޕާސްޕޯޓް ނަންގަވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ލޯންޖު ބޭނުންކުރަން މެންބަރުން މިދިޔަ އަހަރު 700،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

މިކަން ހާމަކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމުންގެ މީހަކު ހުށަހެޅި އާރްޓީއައިއަކަށް މަޖިލީހުގެ އިދާރާ އިން ދިން ޖަވާބުގަ އެވެ.

Advertisement

އެގޮތުން ޑިސެމްބަރު 15، 2024، އާ ހަމައަށް 88 މެންބަރަކު ޑިޕްލޮމެޓިކް ޕާސްޕޯޓު ނަންގަވާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ވީއައިޕީ ލައުންޖު ބޭނުންކުރެއްވީ 75 މެންބަރުން ކަމަށް ވެސް ބުންޏެވެ. އެގޮތުން މެންބަރުންނަށް ވީއައިއޭގެ ވީއައިޕީ ލައުންޖުން ހިދުމަތް ދޭން މިދިޔަ އަހަރު ޖުމްލަ 729،219ރ. ހަރަދުކޮށްފައިވެ އެވެ.

މަޖިލީހުގެ މެންބަރުންގެ އާއިލާގެ ބޭފުޅުންނަށާއި މެންބަރުންނާއެކު ދަތުރު ކުރާ ހުރިހާ އެންމެންނަށް ވީއައިޕީ ލައުންޖުން ހިދުމަތް ދޭން ވެސް މަޖިލީހުން މިދިޔަ އަހަރު މަސައްކަތް ކުރި އެވެ. އެގޮތުން މަޖިލީހުގެ ގަވާއިދަށް އެ ބަދަލު ގެންނަން އާންމު ކޮމިޓީން ފާސްކުރުމަށް ފަހު ގިނަ ބައެެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެ ނިންމުން ބަދަލުކޮށްފައިވެ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށެވެ.

Advertisement

ކޮމެންޓް