ބަލިވި ނަމަވެސް ބާސާ ސެމީ އަށް!
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް ސްޕެއިންގެ ބާސެލޯނާއިން ހޯދައިފިއެވެ.
ބާސެލޯނާއިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރޭ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް އަތުން 3-1 ގެ ނަތީޖާތަކުން ބަލިވި ނަމަވެސް، 5-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ފުރަތަމަ ލެގުގައި މި ދެ ޓީމުގެ ބައްދަލުކުރި މެޗު ބާސެލޯނާއިން ވަނީ 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ޑޯޓްމަންޑްގެ ސާރްހޫ ގިރެސީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ޕަސްކަލް ގްރޮސް އަށް ކީޕަރު ޝެޒްނީ ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ގިރެސީ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ރަމީ ބެންސެބައިނީ ދިން ޕާހަކުން ގިރެސީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް މެޗުގެ 54 ވަނަ މިނިޓުގައި ބެންސެބައިނީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ބާސެލޯނާގެ މަސައްކަތް ވަނީ އިތުރަށް ލުއިވެ އެގްރިގޭޓް ނަތީޖާ 5-2 އަށް ބަދަލުވެފަ އެވެ.
ޑޯޓްމަންޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީ ގިރެސީ ވަނީ ހެޓްރިކް ހަދާފަ އެވެ. މި މެޗުގައި ޖެހި ތިން ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖުމްލަ 13 ލަނޑު ޖަހާފަ އެވެ.
މި މެޗުން ބާސެލޯނާ މޮޅުވެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާއިރު މިއީ 2019 ވަނަ އަހަރަށްފަހު މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ބާސެލޯނާއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް ނިކުންނާނީ އިންޓަރ މިލާނާއި ބަޔާން މިއުނިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އިންޓަރ މިލާނެ