19 އޭޕްރީލު 2025

Advertisement

ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު އަންހެނަކަށް ފަރުވާދެނީ

18 އޭޕްރީލު 2025

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:23 ހާއިރު ކަމަށެވެ. ވެއްޓިފައި އޮތްވާ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު، އެމީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement

އެއަންހެން މީހާއަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.  

Advertisement

ކޮމެންޓް