20 އޭޕްރީލު 2025

Advertisement

އެއްލައްކަ އަށްވުރެ ގިނަ ސިނގިރެޓް އަތުލައިގެންފި

20 އޭޕްރީލު 2025

ވަގަށް އައްޑު އަށް އެތެރެކުރަން އުޅުނު 100،000 އަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ވައިގެ މަގުން ވަގަށް އައްޑު އަށް އެތެރެކުރަން އުޅުނު 130،155 ސިނގިރޭޓް އަތުލައިގަތީ އިއްޔެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިތް ސިނގިރެޓްގެ މައްސަލަ ކަސްޓަމްސް އިން އަންނަނީ އިތުރަށް ބަލަމުންނެވެ.

Advertisement

ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރި ފަހުން ވަގަށް ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކުރަން އުޅުމާއު ރާއްޖޭގައި ސިނގިރެޓް އުފެއްދުން ފަދަ މައްސަލަތައް މި ފަހުން ދަނީ ތަކުރާރުވަމުންނެވެ.

Advertisement

ކޮމެންޓް