21 އޭޕްރީލު 2025

Advertisement

ޖީއެސްޓީ ނުދައްކާ 146 ފަރާތެއް

20 އޭޕްރީލު 2025

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.

އާންމުކުރި ލިސްޓްގައި ޖުމްލަ 146 ފަރާތެއް ހިމެނެ އެވެ. މިއީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކެވެ. ޖީއެސްޓީ ނުދައްކައިގެން އާންމުކުރި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ ޓެކުހުގެ އަދަދު 600،000ރ. އަށް ވުރެ މަތި ފަރާތްތަކެވެ.

ޖީއެސްޓީ ނުދައްކައިގެން އާންމުކުރި ލިސްޓްގައި މަޝްހޫރު ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ.

Advertisement

އޭގެ ތެރޭގައި ލިޓަސް ކޮންސްޓްރަކްޝަނާއި ލިޓަސް ޓްރޭޑިން އާއި މޭރީ ބްރައުން ފެމިލީ ރެސްޓޯރަންޓާއި ނަޒާކީ ސާވިސެސް އާއި ރެއިންބޯ އެލޫމިނިއަމާއި ސީރާ ފާސްޓްފުޑާއި ވަގުތު މީޑިއާ ހިމެނެ އެވެ.

Advertisement

ކޮމެންޓް