26 އޭޕްރީލު 2025

Advertisement

މަސްތުވާތަކެތި ވިޔަފާރިކުރާ މީހުންނަށް ހޯމް މިނިސްޓަރުގެ ވަަރުގަދަ އިންޒާރެއް!

23 އޭޕްރީލު 2025

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށާއި، ހުއްޓާނުލައިފިނަ ހައްޔަރުކޮށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރައްވާނެކަމަށް ހޯމް މިނިސްޓަރ އަލީ އިޚްސާން އިންޒާރު ދެއްވައިފިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އަލީ އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ފާއިތުވި 30އަކަށް އަހަރުގެތެރޭގައި ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ޙައްލުކުރުމަށް މިސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރައްވާކަަމަށް ވިދާޅުވިއެވެ. އެގޮތުން، މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ޓާގެޓް ކުރަނީ އެތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށާއި، އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ފާރަލައި، ތަހުގީގުކޮށް، ހައްޔަރުކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަަތަށް ފުރިހަމަ ކަމެއް ލިބިގެންދާނީ މަސްތުވާތަކެތީގެ ޤާނޫނު ފާސްވުމުން ކަަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެންނަވާނެކަމަށެވެ.

Advertisement

ކޮމެންޓް