08 މޭ 2025

Advertisement

އެމެރިކާއިން ޔަމަނަށް ބޮން އެޅުން ހުއްޓައިލައިފި

ޔަމަންގެ ހޫތީންއާ ދެކޮޅަށް އެމެރިކާ އިން ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ނިންމާފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ، ރަތް ކަނޑުގައި ދަތުރު ކުރަމުން އަންނަ އެމެރިކާގެ އުޅަނޑު ފަހަރުތަކަށް ހަމަލާ ދިނުން ހުއްޓާލާނެ ކަމަށް ހޫތީން އިން ބުނެފައިވާ ކަމަށެވެ. އަދި އެމީހުންނާ ދެކޮޅަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓާލަން ހޫތީން އިން އެދިފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ އާއެކު ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ޓްރަމަޕް ވިދާޅުވީ، ހޫތީންގެ އެދުމަށް އޭނާ އިޖާބަ ދެެއްވާނެ ކަމަށެވެ. އަދި އެ ޖަމާއަތާ ދެކޮޅަށް ހަަމަލާ ދިނުން ހުއްޓާލާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

Advertisement

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އިތުރަށް ހަމަލާތަކެއް ދީ ނުވަތަ ހަނގުރާމަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ހޫތީން އިން އަންގާފައިވާ ކަމަށެވެ. 

މިކަމާ ގުޅިގެން އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބުސައިދީ ވިދާޅުވީ، އެ އެއްބަސްވުމާ ހަމައަށް އާދެވިފައި ވަނީ އެ ޤައުމުގެ މެދުވެރިކަމާ އެކު ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ވެސް އަނެއް ފަރާތަށް ހަމަލާ ދިނުން ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަަށް އޮތް ތަނުގައި އެ ސަރަހައްދުގައި ބައިނަލްއަޤުވާމީ ދަތުރު ފަތުރުތައް މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ރަތް ކަނޑުގައި ދަތުރު ކުރަމުން އަންނަ އުޅަނދު ފަހަރުތަަކަށް ހޫތީން އިން ހަމަލާ ދެމުން އައީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ޣައްޒާގެ ރައްޔިތުންނާ އެއްބައި ވުމުގެ ގޮތުން ކަމަށް ބުނެ އެެވެ. އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރުތަކަށް އަމާޒުކޮށް ހޫތީން އިން ވަނީ މިހާތަނަށް ގިނަ ހަމަލާތަކެއް ދީފަ އެވެ.

Advertisement

ކޮމެންޓް