އުރީދޫގެ އިންޓާ ކޮލެޖު އީސްޕޯޓްސްގައި ބައިވެރިވާން ހުޅުވާލައިފި
އުރީދޫ އިން ފުރަތަމަ ފަހަރަށް ބާއްވާ އިންޓާ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ގައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މުބާރާތެވެ.
މި މަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ ތިން އީސްޕޯޓް ޓައިޓަލް ކަމަށްވާ: މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އިންނެވެ.
މި މުބާރާތުގައި ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ.
އުރީދޫ ނޭޝަންގެ މި އިސްނެގުމަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ އީސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫން ކުރަމުން ގެންދާ މަސައްކަތުގެ ބައެކެވެ.
ގޭމް ޓައިޓަލްސް އަދި ބައިވެރި ވުމުގެ މައުލޫމާތު
މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް
މުބާރާތް ފެށުން: މެއި 29 (އޮންލައިން)ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 4 ކޮލެޖް ދަރިވަރުންރަޖިސްޓްރޭޝަން: ore.do/inter-college-mlbb
ޕަބްޖީ މޮބައިލް
މުބާރާތް ފެށުން: މެއި 29 (އޮންލައިން)ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 3 ކޮލެޖް ދަރިވަރުންރަޖިސްޓްރޭޝަން: ore.do/inter-college-pubgm
އީއޭއެފްސީ 25
މުބާރާތް ފެށުން: މެއި 30، 30 (ފިޒިކަލް އިވެންޓް)ޓީމް ކޮމްޕޮޒިޝަން: ހަމައެކަނި ކޮލެޖް ދަރިވަރުންރަޖިސްޓްރޭޝަން: ore.do/inter-college-eafc
މި މުބާރާތަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މި މަހުގެ 25ވާ އާދީތަ ދުވަހުގެ 23:59ގެ ނިޔަލަށެވެ. އަދި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި ދައްކަންޖެހެނީ ކޮންމެ ޓައިޓަލް އަކަށް 100 ރުފިޔާ ކަމަށް އުރީދޫއިން ބުނެ އެވެ.
އުރީދޫއިން ވަނީ ޓީމުތަކުން ރެޖިސްޓްރީ ކުރާއިރު ކޮލެޖުން ބައިވެރިވުމަށް ކަޑައެޅިފައިވާ ދަރިވަރުންގެ ރިކުއަމަންޓް ފުރިހަމަ ކުރަންވާނެ ކަމަށް ބުނެފަ އެވެ.
މި މުބާރާތަކީ ރާއްޖޭގައި އީސްޕޯޓްސް ގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ގާއިމުކޮށްދީ، ބާރުވެރިކޮށް އާ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ ނޭޝަންގެ ވިސްނުމުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ.
މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.