23 މޭ 2025

Advertisement

މުލަކުގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށައިފި

މ މުލަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ހިދުމަތް ފެށުމަަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ އައު އޭޓީއެމުން ފައިސާ ނަންގަވައި، ރަމްޒީ ގޮތުން އޭޓީއެމް ކާޑެއް މުލަކު ކައުންސިލާ ހަވާލުކުރައްވާފައެވެ.

މުލަކުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.

Advertisement

މި އޭޓީއެމްގެ ސަބަބުން މުލަކުގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި ހިދުމަތް ފެށުމާއެކު މުލަކުގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް