03 ޖޫން 2025

Advertisement

މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ހުޅުވުމުގެ ރަސްމިއްޔާތަށް މިރޭ ހުޅުމާލޭގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ހަވާ އެރުވުމަށް ނިންމާފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލާއި ދިމާ ބޭރުން މިރޭ 20:45ގައި ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއްހާއިރަށް ކަމަށެވެ.

Advertisement

ހަވާ އެރުވުމަކީ އެމްއެންޑީއެފްއިން ވިޔަފާރީގެ އުސޫލުން ކުރަމުންދާ ކަމެކެވެ.

Advertisement

ކޮމެންޓް