04 ޖޫން 2025

Advertisement

އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑު އުޅަނދެއް ހަދިޔާކުރަނީ

ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރެއްވުމަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމަވައިފިއެވެ.

ހަދިޔާކުރައްވަން ނިންމަވާފަވަނީ ކަނޑުގެ ހައިޑްރޯ ގްރެފިކް އިކުއިޕްމަންޓާއި، ގާޑިއަން ކްލާސް ޕެޓްރޯލް އުޅަނދެކެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދިފާޢީ ވަޒީރު ޣައްސާން މައުމޫނުއާއި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުންނާ މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement

މުހިންމު މަޝްވަތާތަކަކަށްފަހު ރާއްޖޭގެ ދިފާޢީ ވަޒީރާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓެއް ވަނީ ދެއްވާފައެވެ.

މި ސްޓޭޓްމަންޓްގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާނު މައުމޫން ވިދާޅުވީ އަސްކަރީ އުޅަނދެް ހަދިޔާކުރެއްވުމަށް އޮސްޓްރޭލިޔާއިން ނިންމެވި ނިންމުމަކީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްކުރާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. ވަޒީރު ވިދާޅުވީ މި ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް އޮސްޓްރޭލިއާގެ އެހީތެރިކަން ލިބެމުންދާކަމަށާއި އެޤައުމުން މި ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށްވެސް ބާރަކަށްވެގެންދާކަމަށެވެ.

"މި ވެސްލް ބަނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން. ކަނޑުގެ އަސްކަރިއްޔާގެ ކުރިއެރުމަށް ބޮޑު އެހީއަކަށް މިކަންވާނެ. އަދި މި ދާއިއިން ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑު ވާރަކަށް ވާނެ" ދިފާޢީ ވަޒީރު ޣައްސާން މައުމޫނު ވިދާޅުވިއެވެ.  

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރާ ކަނޑު އުޅަނދުގެ އިތުރުން، މަލްޓި-ބީމް އިކޯ ސައުންޑަރ، ހައިޑްތޯގްރެފިކް އިކުއިޕްމަންޓް އަދި ކެޕޭސިޓީ ބިލްޑިންގްގައިވެސް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މެޕް ކުރުމަށް އެހީވެދޭ ވަސީލަތްތަކެކެވެ.މި އެހީގެ ސަބަބުން އިގްތިޞާދީ ރައްކާތެރިކަންވެސް ކަށަވަރުކުރެވޭނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.  

Advertisement

ކޮމެންޓް