06 ޖޫން 2025

Advertisement

ޤައިދީންނަށް ޚާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވައިފި

މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ.

"އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް"ގެ ނަމުގައި ބޭއްވި މިމުބާރަތަކީ ޤައިދީން ދުޅަހެޔޮ ސިއްޙަތެއްގައި ބޭއްތިއްބުމަށާއި، ކުޅިވަރުގެ ތެރެއިން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕްރޮގްރާމްތަކާ ގުޅުވައިގެން ބޭއްވި މުބާރާތެއް ކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.

މިމުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަރ ޕްލޭ ޓީމަށް ހޮވުނު ޓީމާއެކު ދައުލަތުގެ ވަޒީރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ވަނީ ކުޅެފައެވެ. މިއީވެސް މިހާތަނަށް ރާއްޖޭގައި އަލަށް ކޮށްފައިވާ ކަމެކެވެ. 

Advertisement

ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިމުބާރާތުގައި ގިނަ ވަނަތަކެއް ވަނީ ހޮވާފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ބެލުމަށް ޤައިދީންގެ އާއިލާތަކުންވެސް ވަނީ ޒިޔާރަތްކޮށްފައެވެ.

މި މުބާރާތަކީ ޤައިދީން ރަނގަޅުވެ މުޖުތަމައަށް ނުކުތުމަށް ހިތްވަރުދޭ ހަރަކާތެއް ކަމަށްވެސް ޤައިދީން ފާހަގަކުރާ ކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ.  

Advertisement

ކޮމެންޓް