09 ޖޫން 2025

Advertisement

ޑިޖިޓަލް އައިޑެންޓިޓީ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކޮށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ބިލަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން ވަނީ "މޯލްޑިވްސް 2.0" ގެ ނަމުގައި ޚާއްޞަ މަޝްރޫއެއް ފަށްޓަވާފައެވެ. މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Advertisement

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބިލާ ގުޅޭގޮތުން ލިބޭ ހުރިހާ ޚިޔާލެއްވެސް އާންމުކުރައްވާނެކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރުމަށް ނިންމާފައިވަނީ ވިހާވެސް ހާމަކަންބޮޑުގޮތެއްގައި ކަންކަންކުރުމަށް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް