ސޯނިއާ ގާންދީ އެޑްމިޓްކޮށްފި
އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ސޯނިއާ ގާންދީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނީ ކުރިން ކޮންގްރެސް ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ސޯނިއާ، ނިއު ދިއްލީގެ ގަންގާ ރާމް ހޮސްޕިޓަލްގައި އެޑްމިޓްކުރީ ކަމަށެވެ. އޭނަ މި ވަގުތު އޮތީ އޮބްޒަވޭޝަންގައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ނަމަވެސް ސޯނިއާގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލާއި ކޮންގްރެެސްގެ ފަރާތުން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ބައެއް މީޑިއާތަކުން ބުނީ ސޯނިއާ އެޑްމިޓްކުރީ ބަނޑުގެ މައްސަލައެއްގައި ކަމަށެވެ.
މި މަހުގެ ކުރީކޮޅު އިންދިރާ ގާންދީ މެޑިކަލް ކޮލެޖް (އައިޖީއެމްސީ) ގައި ސޯނިއާ އެމްއާރްއައި ސްކޭނެއް ވެސް ހަދާފައިވެ އެވެ.
މިހާރު އުމުރުން 78 އަހަރުގެ ސޯނިއާ އަކީ ކޮންގްރެސް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ރާހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީގެ މަންމަ އެވެ.
ސޯނިއާގެ ފިރިކަލުންނަކީ 1991 ގައި އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އެވެ.