01 ޖުލައި 2025

Advertisement

ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި

އަންނަ މަހުން ފެށިގެން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑުތަކުން ކުރެވޭ މުއާމަލާތްތައް މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފި އެވެ.

ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައި ވަނީ މިހާރު ނަގާ ފީއިތުރުކުރުމަކާ ނުލަ އެވެ.  

ގައުމީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާ އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނު ންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައ،ި މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެ ކަމަށެވެ.

Advertisement

އެގޮތުން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށް ދިނުމާ އެކު އޭޓީއެމުން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރު ކަމަށާއި. އޭޓީއެމްތަކުން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރު ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އޮންލައިންކޮށް ކުރާ ވިޔަފާރިތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެފަދަ ދިވެހިން ވިޔަފާރިކުރާ އެފަދަ އާންމު ޕްލެޓްފޯމްތަކުން ވިޔަފާރިކުރާ އިރު، 30 ޕަސެންޓާއާ ހަމައަށް ފީއެއް ނެގޭނެ އެވެ

އޭގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭބެ އެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނޭ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

Advertisement

ކޮމެންޓް