ރާއްޖޭގެ ބިޒްނަސް ފޯރަމް ސިންގަޕޫރުގައި ފަށައިފި
"މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމް ފަށައިފިއެވެ.
މި ފޯރަމުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓާ ވިޔަފާރީގެ ފުރުޞަތުތައް ބޭރުގެ އިންވެސްޓަރުންނާއި ހަމައަށް ގެންގޮސްދިނުމަށް 200 އަށްވުރެގިނަ އިންވެސްޓަރުން ވަނީ ބައިވެރިވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބަރޯސާވުން ނިމުމަކަށް ގެނެސް އެހެން ސިނާއަތްތަކުން ރާއްޖެ ކުރިއެރުވުމެވެ. އޭގެތެރޭގައި އެސްއީޒެޑު، މަސްވެރިކަމާއި، ބަންކަރިންފަދަ ދާއިރާތައް ހިމެނެއެވެ.
މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. މިފަހަރުގެ ފޯރަމްގައިވެސް ވަނީ ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ކިޔާދޭނެއެވެ.