13 ޖުލައި 2025

Advertisement

އާ ޓާމިނަލުގައި ކާގޯ އޮފީސް ހިންގަން ހުޅުވާލައިފި

13 ޖުލައި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގައި ކާގޯ އޮފީސް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ކާގޯ އޮފީސް ހިންގަން ފުރުސަތު ދޭނީ ކާގޯ އެއާލައިނެއްގެ ގޮތުގައި އެ ކުންފުނީގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށާއި ކަސްޓަމްސްގައި ކާގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށާއި ކާގޯ ސޭލްސް އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކުގެ އިތުރުން ކަސްޓަމްސްގައި ކްރިއާ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށެވެ.

އެހެންވެ އެފަދަ ފަރާތްތަކުން އާ ޓާމިނަލްގައި ކާގޯ އޮފީސް ހިންގަން ޝައުގުވެރިވާ ނަމަ މި މަހުގެ 30 ގެ ކުރިން ބީލަން ހުށަހަޅަން ޖެހެ އެވެ. އެމްއޭސީއެލުން ބުނީ ބީލަމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:30 ގެ ކުރިން ކުންފުނީގެ ޕޯޓަލް tender.macl.aero ގައި ރަޖިސްޓްރީވާން އެދޭ ކަމަށެވެ.

Advertisement

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 7981289 އިން ހޯދޭނެ އެވެ.

ވީއައިއޭގެ އާ ޒަމާނީ ޓާމިނަލް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައި ވަނީ މިނިވަން ދުވަހު އެވެ. އެއީ މި މަހުގެ 26 އެވެ. އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލުން އަންނަނީ ވަމުންނެވެ.

Advertisement

ކޮމެންޓް