ހާލަންޑް އަކީ ރޮނާލްޑޯ ފަދަ މެޝިނެއް ނަމަވެސް އަދިވެސް އެންމެ ކުރީގައި މެސީ – ޕެޕް ގާޑިއޯލާ
މި ސީޒަނުގައި ޕްރިމިއާ ލީގުގެ 30 ވަނަ ގޯލު ހާލަންޑް ކާމިޔާބު ކުރި މެޗަށްފަހު ގާޑިއޯލާ ބުނެފައިވަނީ " ގޯލްޖެހުމުގައި ހަލާންޑް އަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި މުޅިން އެއްގޮތް ކުޅުންތެރިއެއް ނަމަވެސް ލިއޮނަލް މެސީ އަކީ މާ ފުރިހަމަ ކުޅުންތެރިއެއް އަދި މެސީއަށް ކޮންމެ ތަނެއްގައި ވެސް ކުޅެވޭއިރު ކްރިސްޓަނޯ އާއި އެރްލިން އަކީ މެޝިންތަކެއް" ކަމަށެވެ.
އަނިޔާއިން އެނބުރި އައުމަށްފަހު ސައުތުހެމްޓަން އަތުން 1-4 ން މޮޅުވި މެޗްގައި 2 ގޯލްވަނީ ޖަހާފައެވެ.
މިސީޒަނުގައި އޭނާގެ ޕްރިމިއާ ލީގުގައި ޖެހި 30 ގޯލާއި ހުރިހާ މުބާރާތެއްގައި ޖެހި ގޯލްގެ އަދަދު 44 ވަނީ އަރާފައެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް އެއް ސީޒަނެއްގައި 34 ގޯލް ޖަހައިގެން އެންޑީ ކޯލް (93/94) އާއި އެލަން ޝިއެރާ (94/95) ގެ ރެކޯޑް މުގުރާލަން އޭނާއަށް ބޭނުންވަނީ އެންމެ ފަސް ގޯލެވެ.