03 އޮކްޓޯބަރު 2025

Advertisement

ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން ޔޫކޭއިން ގޮވާލައިފި

19 ސެޕްޓެމްބަރު 2025

ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން އިނގިރޭސިވިލާތުން ރާއްޖެއަށް ގޮވާލައިފި އެވެ.

އިނގިރޭސިވިލާތުން މިކަމަށް ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެސީއެއްގައި މިނިވަން އަދި ޒިންމާދާރު މީޑިއާއެއްގެ މުހިއްމުކަން ފާހަގަކޮށް، އެ ކަންކަމަށް އަހުދުވި ކަމަށެވެ.

Advertisement

އެގޮތުން އެ ދުވަހު އެއްބަސްވީ ކަންކަމަށް އިހުތިރާމްކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ޔޫކޭއިން ވަނީ ގޮވާލާފަ އެވެ.

ރައީސް މުއިއްޒު އެ ބިލު މިއަދު ތަސްދީގުކުރައްވާފައިވަނީ އެ ބިލު ތަސްދީގުނުކުރަން ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

އެ ބިލު ތަސްދީގުކުރުމުން ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ވަނީ އެ ބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށާއި ނޫސްވެރިންނަށް ބިރެއް ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.

މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ހަމަލާއެއް ކަމަށެވެ. އަދި ވެރިކަން ހިންގާ ބާރައި ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އޮތް މީޑިއާގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތްތައް އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފަ އެވެ.

މީގެއިތުރުން ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެމްޖޭއިން ވަނީ ބުނެފަ އެވެ.

Advertisement

ކޮމެންޓް