މަސްތުވާތަކެއްޗާ އެކު 4 މީހަކު ހައްޔަރަށް
ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 23 ގައި ހިންގި އޮޕަރޭޝަނުގައި ދެ އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި 24.06 ގުރާމާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ 4،500ރ. އަށް ވުރެ ގިނަ ފައިސާ ވެސް ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. ފޭދޫ، މާވަސްގެ، އަޙްމަދު ސައްފާން، 26، އާއި މާލެ، ހމ. މާވަހަރު، ޝާނާ، 32، އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ފާރޫކް ޗޮކީދާރު، 50، ގެ އިތުރުން އެ ގައުމުގެ ސަފިކް، (40އ) އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ 10 ދުވަހަށް، އަދި އަނެއް ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.