އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގައި އީރާން ނުވަތަ ހިޒްބުالله ބައިވެރިވުން ހުއްޓުވުމަށްޓަކައި އިސްރާއީލުގެ އިރުމަތީ މެޑިޓެރޭނިއަން ކަނޑަށް ދެވަނަ ފަހަރަށް މަތިންދާބޯޓު އުފުލާ މަނަވަރެއް ފޮނުވުމަށް ޕެންޓަގަން އިން އަމުރުކޮށްފި އެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ މި ހަފްތާގެ ކުރީކޮޅު އިރުމަތީ މެޑިޓެރޭނިއަން ކަނޑުގައި އޮތް ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ކެރިއާ ސްޓްރައިކް ގްރޫޕާ ގުޅުމަށް ޔޫއެސްއެސް އައިސަންހަވާ ކެރިއާ ސްޓްރައިކް ގްރޫޕަށް އެންގިފައިވާ ކަމަށެވެ.
މި ޑިޕްލޮއިމަންޓް ކަށަވަރުކޮށްދެއްވި ބަޔާނެއްގައި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ހިންގާ ޢަދާވާތްތެރި އަމަލުތައް ނުވަތަ ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު މި ހަނގުރާމަ ފުޅާކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެމެރިކާގެ އިސް އޮފިޝަލުން މި ހަފްތާގައި އާންމުކޮށް ބުނެފައިވަނީ އިރުމަތީ މެޑިޓެރޭނިއަން ކަނޑުގައި ޔޫއެސްއެސް ފޯޑް ކެރިއާ ސްޓްރައިކް ގްރޫޕް ހުރުމާއި އެމެރިކާގެ ވައިގެ ސިފައިންގެ އިތުރު ފަޔަރ ޖެޓްތައް އެ ސަރަހައްދަށް އިތުރުކުރުމަކީ އިސްރާއީލަށް އެމެރިކާއިން ކުރާ ވައުދު ދައްކާލުމަށާއި އިސްރާއީލާއި ހަމާސްގެ މައްސަލައިގައި ބައިވެރި ނުވުމަށް އީރާނާއި ހިޒްބުالله އަށް ދޭ އިންޒާރެއްގެ ގޮތުގައި ކުރި ކަމެއް ކަމަށެވެ.