ސަރުކާރުން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްދީފިއެވެ.
މިކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މުއްދަތު އިތުރު ކުރުމަށް ނިންމީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިމާވި އެކިއެކި ދަތިތަކަށް ލުޔެއް ހޯދުމުގެ ގޮތުން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާން ކުރެވުނު ފަހުންނާއި, 30 މެއި 2023ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ކަމަށެވެ. އެގޮތުން، އެ މަޝްރޫއުތަކުގެ މުއްދަތު 6 މަސްދުވަހަށް އިތުރުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށް ބުންޏެވެ.
މަޝްރޫއުގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ވަނީ މުއްދަތު އިތުރުކުރަން އެދޭ ކުންފުނިތަކަށް، ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ހުއްދަދީ، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށް, އެއްބަސްވުންތައް އަދާހަމަކުރުމަށް، މަޝްރޫއުތައް ހިންގާ ދައުލަތުގެ އޮފީސްތަކަށް އަންގައިފައެވެ.