25 ނޮވެމްބަރު 2024

Advertisement

މިޔަންމާގެ އަސްކަރީ ވައިގެ ހަމަލާތަކުގައި އެތަކެއް ބައެއް މަރުވެއްޖެ

11 އޭޕްރީލު 2023
-

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ މީގެ ދެއަހަރު ކުރިން ހިންގި ބަޣާވާތާއި ދެކޮޅުވެރިކަމުގައި އެންމެ މަޝްހޫރުވި މެދުތެރޭގެ އަވަށަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

މަންޒަރު ދުށް މީހުންނާއި ލޯކަލް މީޑިއާތަކުން ބުނީ އަންގާރަ ދުވަހު ދިން ހަމަލާގައި އެތަކެއް މީހުންނެއް މަރުވެ ޒަޚަމްވެފައިވާ ކަމަށެވެ.

ސަގައިން ސަރަހައްދުގެ ރައްޔިތުންނާ ހަވާލާދީ ޚަބަރުތަކުގައި ބުނެފައިވަނީ ޕަޒިގީ ޓައުންގެ ބޮޑުބަޔަކަށް ވައިގެ ހަމަލާދީ، ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 50 މީހުން މަރުވެފައިވާ ކަމަށެވެ.

Advertisement

ބައެއް ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި ވައިގެ މަގުން ހަމަލާދީފައިވަނީ އިދާރީ އޮފީހެއް އިފްތިތާހު ކުރުމަށް ރައްޔިތުން އެއްވެފައި ވަނިކޮށެވެ.

"ހެނދުނު 7:35 ހާއިރު އެއްވެ ތިބި މީހުންނަށް ޖެޓްތަކުން ހަމަލާދީ އެމީހުންގެ ފަހަތުން އެމްއައި-35 ހެލިކޮޕްޓަރުތައް ވެސް ދިޔައީ،" ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހުން ސަލާމަތް ކުރި މީހަކާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ސަގައިން ސަރަހައްދުގައި އަސްކަރިއްޔާގެ ވެރިކަމާ ދެކޮޅަށް އެންމެ ވަރުގަދަ ބައެއް ދެކޮޅުވެރިކަން ކޮށްފައި ވާއިރު، އެތަނުގައި މަސްތަކެއް ވަންދެން ވަރުގަދަ ހަނގުރާމަތަކެއް ދަނީ ހިނގަމުންދެއެވެ.

Advertisement

ކޮމެންޓް