މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔުމާމެދު ހިޔާލު ހޯދަނީ
މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ހުތުބާ އިނގިރޭސިން ކިޔުމާމެދު އާންމުންގެ ހިޔާލު ހޯދަން ހުޅުވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލެ ސިޓީގައި ވަރަށް ގިނަ އަދަދެއްގެ މުސްލިމު ބިދޭސީ މަސައްކަތްތެރިން އުޅޭ ކަމަށާއި ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ހުތުބާ އިނގިރޭސިން ކިޔުމާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ބޭނުންވާ ކަމަށެވެ.
"މާލެ ސިޓީ ގެ ކޮންމެވެސް އެއް މިސްކިތެއްގަ އިނގިރޭސިން ހުތުބާ ކިޔުމާމެދު ރައްޔިތުންގެ ހިޔާލު ބަލާލަން ބޭނުން. މިހެން މި ދެންނެވީ މަސައްކަތްތެރިންގެ ސުލޫކާއި އަޚުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ހުތުބާގެ ދައުރު މުހިންމު ކަމަށް ފެންނާތީ." ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ބިދޭސީން މަސައްކަތް ކުރާ ޤައުމެއް ކަމަށާއި ހާއްސަކޮށް މާލެ ސިޓީ ސަރަހައްދުގަ ވަރަށް ގިނަ އަދަދަކަށް ބޭރުގެ މުސްލިމު މަސައްކަތްތެރިން އުޅެމުންދާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް އެނގޭ ބަހަކުން ހުތުބާ ކިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
އަދި މަސައްކަތްތެރިންގެ ސުލޫކާއި އަޚުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ހުތުބާގެ ދައުރު މުހިންމުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ވަޒީރު ޝަހީމުގެ މިހުށަހެޅުމަށް ހިޔާލު ހޯދަން ވަނީ ހުޅުވާލާފައެވެ.
މި ޕޯސްޓަށް ގިނަ ބަޔަކު ދަނީ ކޮމެންޓު ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ނޭޕާލް، އަދި އިނގިރޭސި ނުދަންނަ ބަންގްލަދޭޝް ރައްޔިތުން ގިނަކަން ވަނީ ފާހަގަކޮށްފައެވެ. އެހެން ބަހަކުން ހުތުބާ ގެނެސްދޭނަމަ އިނގިރޭސި އަދި ބަންގްލަދޭޝް ބަހުން ގެނެސްދޭންވެސް ވަނީ ހިޔާލު ހުށަހަޅައިފައެވެ.