23 ނޮވެމްބަރު 2024

Advertisement

ހަތިޔާރާއެކު އެމްއެންޑީއެފްގެ ތަމްރީނެއް ލ. އަތޮޅުގައި

13 ޑިސެމްބަރު 2023

ހަތިޔާރާއި ގޮވާތަކެއްޗާއެކު އެމްއެންޑީއެފްގެ ތަމްރީނެއް ލ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެއެވެ.

ގަމު ކައުންސިލުން ބުނީ ލ. ކައްދޫއާއި، ގަން ހިމެނޭގޮތަށް މިވަގުތު ސިފައިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގުރާމެއްގައި މިއަދާއި، މާދަމާ މިރަށުގެ އެކިއެކި ސަރަޙައްދުތަކުގައި އޮންނާނެ ކަމަށެވެ.

މި ތަމްރީނުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކްއޯޓަރޒް އިން އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.

Advertisement

Advertisement

ކޮމެންޓް