ޕީޖީ އޮފީހުގެ ޝަފީއު ރަހީނުކުރި ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި
ޕީޖީ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އަހްމަދު ޝަފީއު ރަހީނުކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. މިމީހުންނަށް މުއްދަތު ޖަހާފައިވަނީ:
* ޝަހުމީން ރަޝީދު - 11 ދުވަސް
* މުހައްމަދު ލަމީރު - 5 ދުވަސް
* ހުސައިން މައޫޒް އަބްދުﷲ - 5 ދުވަސް
މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި ވަނީ ޝަފީއުގެ ފޮޓޯތަކެއް ވެސް ލީކުވެފައެވެ. އޭނާގެ މައްޗަށް ގިނަ ބަޔަކު ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުކޮށްފައެވެ.