22 ނޮވެމްބަރު 2024

Advertisement

ޑިސެމްބަރު 31 އާއި ޖަނަވަރީ 1ގައި ބޭންކުތައް ބަންދުވާނެ

21 ޑިސެމްބަރު 2023

އައު އަހަރާއި ދިމާކޮށް 2 ދުވަހަށް ބޭންކުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި މިމަހުގެ 31 ވަނަ ދުވަހާއި ޖެނުއަރީ 1ވަނަ ދުވަހު ބޭންކް ބަންދުވާނެ ކަމަށާއި ބޭންކް ހުޅުވާނީ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. ކޮންމެ އަހަރެއް ނިމުމާއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެމްބަރުމަހުގެ ފަހު ދުވަސް ބަންދުކުރެއެވެ.

ބޭންކު ބަންދުކުރި ނަމަވެސް ބީއެމްއެލް އާއި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.

Advertisement

މިމުއްދަތުގައި ބޭންކިންގ ޚިދުމަތް ހޯދުމަށް އިންޓަރނެޓް ބޭންކިންގ އާއި ސެލްފް ސަރވިސް އޭޓީއެމް ބޭނުންކުރޭވެނެ ކަމަށާއި، ކޮންޓެކްޓް ސެންޓަރާއި، ވެބް ޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެކަމަށް ބޭންކް ހާމަކުރެއެވެ.  

Advertisement

ކޮމެންޓް