މާލެ ސަރަހައްދުގައި ހަތަރު ޖަމާއަތެެއްގައި ސުންނަތާ އެއްގޮތަށް އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ހުސްމައިދާނުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަކީ ސުންނަތެކެވެ. ނަބިއްޔާގެ ހަޔާތްޕުޅުގައި ވިއްސާރަވެގެން މެނުއީ މިސްކިތްކޮޅުގައި އީދު ނަމާދު ނުކުރައްވައެވެ. ރާއްޖޭގައި ސުންނަތާއި އެއްގޮތަށް އީދު ނަމާދު ކުރަން ފެށީ ރައީސް ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެވެ.އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރު ހަތަރު ޖަމާއަތެެއްގައި ސުންނަތާ އެއްގޮތަށް ހުސް މައިދާނުގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާއަތް އޮންނާނެ އެވެ.
މާފަންނު ސްޓޭޑިއަމް ބޮޑު ޖަމާއަތް ވިލިގިލީ ބޮޑު ޖަމާއަތް - ވިލިގިލީ ބޯޅަދަނޑު ހުޅުމާލެ ބޮޑު ޖަމާއަތް - ސިންތަޓިކް ޓްރެކް ހުޅުމާލެ ބޮޑު ޖަމާއަތް - ކްރިކެޓް ސްޓޭޑިއަމް (ދެވަނަ ފިޔަވަހި)
މީގެ އިތުރުން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.އެގޮތުން މާލޭގައި 17 މިސްކިތެއްގައި އީދު ނަމާދު ކުރާނެ އެވެ. ވިލިގިލީގެ އެއް މިސްކިތެއްގައި އަދި ހުޅުލޭގެ ދެ މިސްކިތެއްގައި އީދު ނަމާދު ކުރާނެ އެވެ. ބޮޑު އާބާދީއެއް އޮތް ހުޅުމާލޭގައި ފަސް މިސްކިތެއްގައި އީދު ނަމާދު ކުުރުމަށް ވަނީ ހަމަޖެހިފައެވެ.
މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް މަަސްޖިދު މަލިކި ސަލްމާން މަސްޖިދުލް ފުރުގާން މަސްޖިދުއް ނޫރު މަސްޖިދުއް ޝަހީދު އަލީ މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލް އައްވަލް މަސްޖިދު ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް) މަސްޖިދު ސަލާހުއްދީން މަސްޖިދު ޖަލާލުއްދީން މަސްޖިދު އިބްރާހިމް މަސްޖިދު އިސްކަންދަރު ވަގުތީ މިސްކިތް (ބޮޑުގެ) މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން މަސްޖިދުއްޝައިހް މުހައްމަދު ޖަމީލް ދީދީ ޒިޔާރަތް މިސްކިތް
ވިލިގިލީގައި އީދު ނަމާދު ކުރާނީ މަސްޖިދުލް ސަލާމްގައެވެ. ހުޅުލޭގައި މަސްޖިދުއް ސަބީލް އާއި މަސްޖިދުއް އިންތިސާރު ގައެވެ.ހުޅުމާލޭގައި މަސްޖިދުއް ރަޝީދު އާއި މަސްޖިދުއް ޝައިހް ގާސިމް ބިން މުހައްމަދު އާލް ސާނީ އާއި ހުޅުމާލެ ވަގުތީ މިސްކިތާއި މަސްޖިދު އަބީބަކުރި ނިއްސިއްދީގް އާއި މަސްޖިދު އަމީލް ޖަލީލް ގައި އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.