22 ނޮވެމްބަރު 2024

Advertisement

ޗައިނާގެ ބާބަކިއު ރެސްޓޯރެންޓެއްގައި ގޭސް ފުޅިއެއްގޮވައި 31 މީހުން މަރުވެއްޖެ

22 މޭ 2023
-

ޗައިނާގެ ހުޅަނގު އުތުރުގެ ބާބަކިއު ރެސްޓޯރެންޓެއްގައި ކެއްކުމަށް ބޭނުންކުރާ ގޭސް ފުޅިއެއް ގޮވައިގެން 31 މީހަކު މަރުވެ ހަތް މީހަކު ޒަހަމްވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް ނިންގްޝިއާ ހުއީ އޮޓޮނޮމިކް ރީޖަންގެ ވެރިރަށް އިންޗުއަންގެ މީހުން ދިރިއުޅޭ ސަރަހައްދެއްގެ ބިޒީ މަގެއްގައި ރެސްޓޯރެންޓްގައި ގޭސްފުޅި ފަޅައިގެން ދިޔައީ ތިން ދުވަހުގެ ޗުއްޓީ ފާހަގަ ކުރުމަށް މީހުން އެއްވެފައި ވަނިކޮށެވެ.

"ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ލީކުވުމުން، ބާބަކިއު ރެސްޓޯރެންޓެއް ހިންގަމުން ދިޔައިރު ގޮވުމެއް ގޮވި،" ސަރަހައްދީ ކޮމިއުނިސްޓް ޕާޓީގެ ކޮމިޓީއާ ހަވާލާދީ ބުދަ ދުވަހު ރިޕޯޓްކޮށްފައިވެ އެވެ.

Advertisement

އިތުރު ހަތް މީހަކަށް ބޭސްފަރުވާ ލިބެމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވާއިރު، އޭގެތެރެއިން އެކަކުގެ ހާލު “ސީރިއަސް” ގައި ހުރި ކަމަށެވެ.

ގޮވުމާ ގުޅިގެން ރެސްޓޯރެންޓުގެ "ވެރިފަރާތާއި ހިއްސާދާރުންނާއި މުވައްޒަފުން" ހިމެނޭ ގޮތަށް ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ސީސީޓީވީން ބުނެފައިވާއިރު، "އެމީހުންގެ އެސެޓްތައް ވަނީ ފްރީޒްކޮށްފައި" ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 4 ޖަހާއިރު ސަލާމަތް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެ އެވެ

ގޭހާއި ކެމިކަލް ގޮވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތަކަކީ ޗައިނާގައި އާންމު ކަމެއް ނޫނެވެ.

Advertisement

ކޮމެންޓް