އުތުރު ކޮރެއާއިން ދުރުރާސްތާ މިސައިލެއް ޓެސްޓްކޮށްފި
އުތުރު ކޮރެއާއިން ދުރުރާސްތާ ބެލެސްޓިކް މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާ ކަމަށް ބުނެފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ދައުލަތުގެ މީޑިއާތަކާއެކުގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ޕްރޮޖެކްޓައިލްގައި ހައިޕަރސޮނިކް ސްޕީޑްގައި ދަތުރުކުރާ ވޯހެޑެއް ހުރިއިރު، އޮފިޝަލުން ވަނީ އޭގެ ގްލައިޑިން އަދި މެނިއުވަރިން ސިފަތަކާއި އަލަށް އުފެއްދި ހައި ތްރަސްޓް ސޮލިޑް ފިއުލް އިންޖީނުގެ އިތުބާރު ހުރިކަން ޔަގީންކޮށްފަ އެވެ.
މިއީ ސޮލިޑް ފިއުލްގެ ދުރުރާސްތާ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓްކުރިކަން ޕިއޮންގްޔަންގ އިން އިއުލާންކުރި ފުރަތަމަ ފަހަރެވެ.
ސޮލިޑް ފިއުލް މިސައިލްތައް ލިކުއިޑް ޕްރޮޕެލަންޓް ބޭނުންކުރާ މިސައިލްތަކަށް ވުރެ އަވަހަށް ފޮނުވާލެވޭނެ އެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހުގެ މެންދުރު ފަހު ބުނީ ޕިއޮންގްޔަންގް ކައިރިން އިރުމައްޗަށް ދުރުރާސްތާ ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށެވެ.