23 ނޮވެމްބަރު 2024

Advertisement

މެސީގެ ސޮއި ހޯދުމަށް 3 އަހަރު ނެގި: އިންޓަ މިއާމީގެ ވެރިޔާ

04 ޖުލައި 2023
-

ލިއޮނަލް މެސީ އިންޓަ މިއާމީއަށް ގެނައުމަށް ތިން އަހަރު ދުވަހުގެ މަޝްވަރާތަކެއް ނެގި ކަމަށް ކްލަބްގެ ވެރިޔާ ޖޯޖް މާސް ބުނެފިއެވެ.

މިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ރަސްމީކޮށް އިއުލާން ކުރަން ނިންމާފައި ވަނީ ޕެރިސް ސެއިންޓް ޖާމައިންގައި ހޭދަކުރި ދެ އަހަރުގެ މުއްދަތު ނިމުމުންނެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ އެލް ޕައިސް އަށް މައުލޫމާތު ދެމުން އޭނާ ބުނީ 2019 ވަނަ އަހަރު [މެސީ އަދިވެސް ބާސެލޯނާގައި ހުރިއިރު] އޭނާ ގެނެވޭނެ ގޮތަކާ މެދު ވިސްނަން ފެށީ ކަމަށެވެ.

Advertisement

"އަޅުގަނޑު ތިން އަހަރު އެކަމުގައި ހޭދަކުރީ، އަހަރާއި ބައި [މަސައްކަތް] ވަރަށް އިންޓެންސްކޮށް."

"[މެސީގެ ބައްޕަ އަދި އެޖެންޓް] ޖޯޖްއާ އެކު ގިނަ ވާހަކަތަކެއް ދެއްކި. [އިންޓާ މިއާމީގެ ކޯއޯނަރު] ޑޭވިޑް [ބެކަމް] ލިއޯއާ ވާހަކަ ދެއްކީ، ހަމައެކަނި ފުޓްބޯޅައިގެ މައްސަލަތަކާ ބެހޭ ގޮތުން، އޭނާ އަކީ ކުޅުންތެރިއަކަށް ވާތީ."

މެސީ މި ހޫނު މޫސުމުގައި ބާސެލޯނާއަށް އެނބުރި އައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

Advertisement

ކޮމެންޓް